ވެސްޓް ވިންގުން އޭދަފުށި ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ވެސްޓް ވިންގުން އޭދަފުށީގައި އިއްޔެ ފެށީ ގަސް އިންދުމުގެ ހަކަރާތުގެ ތެރެއިންބ. އޭދަފުށި ހިއްކިބިން ފެހި ކުރުމުގެ
ގޮތުން ވެސްޓް ވިންގްސް ޖަމިއްޔާއިން އިސްނަގައިގެން އޭދަފުށި ފެހިކުރުމުގެ
ޕްރޮގްރާމެއް ފަށައިފި އެވެ.
ވެސްޓް
ވިންގްސް އިން ބުނީ އޭދަފުށީ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ
އެ ޖަމިއްޔާގެ މެންބަރުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
އެގޮތުން
އިއްޔެ ހަވީރު ފެށީ މި ޕްރޮގްރާމުގައި ރަށުގެ ދެކުނު ފަރާތު ހިއްކި ބިމުގައި ފިތުރޯނު
އަދި ގޮފި އެލޭ 26 ގަސް އިންދާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
“ހިޔާ
ބޮޑަށް ލިބޭ، އަވަހަށް ހެދޭ އަވަހަށް ހެދޭ ކަހަލަ ގަސްތަކަށް އިސްކަންދީގެން
އިއްޔެ ފެށި ހަރަކާތެއް މިއީ، ގަސްތައް ރަނގަޅަށް ހެދި ގަންނަންދެން ޖަމިއްޔާގެ
މެންބަރުން ގަސްތަކަށް ފެންދީ ބަލަހައްޓަމުންދާނެ،” ވެސްޓް ވިންގްސް އިން ބުންޏެވެ.
ވެސްޓް ވިންގުން އޭދަފުށީގައި އިއްޔެ ފެށީ ގަސް އިންދުމުގެ ހަކަރާތުގެ ތެރެއިންވެސްޓް ވިންގްސް އިން
ބުނިގޮތުގައި އެ ޖަމިއްޔާގެ އަމާޒަކީ ސާފު ރީތި ފެހި ރަށެއްގެ ގޮތުގައި އޭދަފުށި ބޭއްވުމަށްޓަކައި
މިފަދަ ގިނަ ހަރަކާތްތައް ގިނަގިނައިން ހިންގުމެވެ.
2017ވަނަ އަހަރު އޭދަފުށީ ހުޅަނގު
ސަރަހައްދުގެ ޒުވާނުންތަކެއް އެކުވެގެން އުފެއްދި ވެސްޓް ވިންގް އޭދަފުށި
ޖަމްއިއްޔާއިން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ