ޝުޖޫނާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް. މަޖިލީހުން ރުހުން ދީފި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ދެބޭފުޅުންނަށް ރުހުން ދީފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. މި ވޯޓުގައި ވަކިގޮތަކަށް ވޯޓް ދޭން ބޭނުންނުވާ އެއް މެންބަރަކު އިން އިރު ރުހުން ނުދޭން އެއް މެންބަރަކު ވޯޓް ދީފައިވެއެވެ.
ސުޕްރީމް ކޯޓަށް ޝުޖޫނާއި އަޒްމިރަލްދާ އައްޔަން ކުރަން އެންމެ ފުރަތަމަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ޖޭއެސްސީން ވަނީ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނިންމައި، އެ ކަން މަޖިލިހުގެ ތަޅުމަށް ފޮނުވައިފައެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކޮށްފައިވާއިރު، މިކަމަކީ ހަރާމްކަމެއް ކަމަށް ބުނެ ބައެއް ދީނީ ޢިލްމުވެރިން ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ