މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ: ރައީސް މައުމޫން

މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ހިފާ އިރުކޭތައާ ގުޅޭ ގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ފަލަކީ މާހިރުން ބުނާގޮތުގައި މިއަދު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ.
އަދި އެ އިރުކޭތަ ފެންނާނީ އޭޝިޔާގެއުތުރު ސަރަޙައްދަށާއި ޔޫރަޕަށާއި އެމެރިކާއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފަލަކީ މާހިރުންބުނާގޮތުގައި މިއަދު ހިފާ އިރުކޭތަ ރާއްޖެއަކަށްނުފެންނާނެ. ފެންނާނީ އޭޝިޔާގެއުތުރު ސަރަޙައްދަށާއި ޔޫރަޕަށާއި އެމެރިކާއަށް . سبحان الخالق!
— Maumoon Abdul Gayoom (@maumoonagayoom) June 10, 2021
މިއަހަރުގެ ފުރަތަމަ ސޯލާ އެކްލިޕްސް މިއަދު ފެންނައިރު، އެ އިރުކޭތާގައި ފެންނާނީ އަނގޮޓިއެއްގެ ގޮތަށްކަމަށް ބުނެފައިވެއެވެ.
'Ring of fire' solar eclipse 2021: Path, viewing maps and photo guide https://t.co/PWZ1XwJ2ro pic.twitter.com/NWN2TT4DXK
— SPACE.com (@SPACEdotcom) June 10, 2021
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ