ޕްރައިމް ގުދަނުގައި ރޯވުން: ކައިރީގައި ހުރި އިންތިޚާބާ ގުޅޭ މަރުކަޒުން ތަކެތި ހުސްކުރަނީ
މާލޭގެ އިއްޒުއްދީން މަގުގައި ހުރި ޕްރައިމް ގޯޑައުންގައި ރޯވެފައިވާއިރު، އެ ގުދަނާ ކައިރީގައި ހުރި އިންތިޚާބާ ގުޅޭ މަރުކަޒުގެ ތަކެތި ހުސްކުރަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހިސާބުގައި ހުރި މީހަކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ މިރޭ 21:30 އެހާކަންހާއިރެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންތިޚާބާ ގުޅޭ މަރުކަޒު އެ ގުދަނާ ޖެހިގެން ހުންނަ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. "އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަވެސް ދަންނަވަން." އީސީން ބުނެފައިވެއެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ