ފަލަސްތީނުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް ދިވެހިންގެ އެހީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފި އެވެ.
އަލް ޝިފާ ނަމަކަށް ކިޔާ އެ ހޮސްޕިޓަލުގައި މިވަގުތުވެސް ދަނީ އިޒްރާއީލުން ދޭ ހަމަލާތަކުގައި ޒަހަމުވާ އެތައް މުސްލިމުންނަކަށް ފަރުވާ ދެމުންނެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދީފައިވާއިރު އިޒްރާއީލުން ވަނީ ގާޒާގެ ސިއްހީ ހިދުމަތްދޭ ތަންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި އަލް ޝިފާ ހޮސްޕިޓަލުގެ ކަރަންޓު ކެނޑުނުއިރު އެހެން ބައެއް ހޮސްޕިޓަލުތަކަށްވެސް ވަނީ ގެއްލުންވެފަ އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ވަނީ ދިވެހިންގެ ފަރާތުން 2547 ލީޓަރުގެ ތެޔޮ އެ ހޮސްޕިޓަލަށް ހަދިޔާ ކޮށްދީފަ އެވެ. އައިއީސީގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ދިވެހިންގެ ފަރާތުން ހަދިޔާ ކޮށްދިން ތެލުގެ ސަބަބުން ކަރަންޓުގެ ދަތިކަން ދިމާވެ، ހޮސްޕިޓަލުގެ ހިންގުމަށް ދިމާވެގެންދާނެ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އައިއޭސީއިން ދަނީ ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި ކެއުން ބުއިމުގެ އިތުރުން އަންނައުނު ފަދަ ތަކެތި އެފަދަ ފަރާތްތަކަށް އައިއޭސީން ދަނީ ހަދިޔާ ކުރަމުންނެވެ.
ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ކަރަންޓު ދިނީ ރާއްޖޭގެ އެހީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ