ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރު ފަހު 15:30 އަށެވެ. މެޓް އޮފީހުން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ވެސް ގުގުރުމާއި އެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
މެދުތެރޭގެ ކަނޑުތައް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އުތުރާއި މެދުތެރޭ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުފޯރުމަކީ އެކަށީގެންވާކަމަށާއި މެދުރާއްޖެތެރޭގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ