ގެއްލިގެން ހޯދި އެމްއާރްއެމްގެ ޒުވާނުންގެ ކައުންސިލް މެމްބަރު ފެނިއްޖެ

މާލެ އިން ގެއްލިގެން ހޯދަމުން ދިޔަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒުވާނުންގެ ކައުންސިލް މެމްބަރު، ހުސެއިން ޝިފާއު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވެފައި ވަނީ އުމުރުން 34 އަހަރުގެ ހުސެއިން ޝިފާއު ގެއްލިގެން އެފަރާތަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 09:00 ގައި ކަމަށެވެ.
ނަމަވެސް ޝިފާއު ގެއްލުމުގެ ކުރިން، އެންމެ ފަހުން ފެނިފައި ވަނީ މީގެ 2 ދުވަސް ކުރިން ޑިސެމްބަރު 26 ގައި ކަމަށް އޭނާގެ އަނބިމީހާ އަދި ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.
މިހާރު ޝީފާއު ފެނިފައި ވާއިރު އޭނާގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ