މޫސުން ގޮސްވެ ރާެއްޖޭގެ 12 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ ސަމާލުގައި ބުނެފައި ވެއެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 17:00 އަށެވެ.
މިއަދު ހަވީރުގެ ނިޔާލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ހިސާބުތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައި ވެއެވެ.
މޫސުން ގޯސްވެ 12 އަތޮޅަކަށް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ