އަދާލަތު ޕާޓީ އިން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައި ވާކަމަށް އެ ޕާޓީ އިން ބުނެފިއެވެ.
އަދާލަތު ޕާޓީ އިން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުހުގެ މައުލޫ އަކީ "ލޮބުވެތި ނަބިއްޔާ"އެވެ. އެ ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ އައްޝައިހް އިލްޔާސް ހުސެއިން އެވެ. މިކަމާ ގުޅިގެން އެޕާޓީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ އާޓިފިޝަލް ބީޗްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝެއިހް އިލްޔާސްގެ ދަރުސް ފަސްވެފައި ވާކަމަށެެވެ. އެހެން ނަމަވެސް ދެން ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހެއް އެ ޕާޓީ އިން ހާމަކޮށްފައެއް ނުވެއެވެ.
އަދާލަތު ޕާޓީ އިން މި ދަރުސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ރިޕޯޓެއް ނެރުމާއި ގުޅިގެންނެވެ. މި ރިޕޯޓުގައި ވަނީ ރަސޫލާ އަށް އެތައް ގޮތަކުން ފާޑުކިޔައި ފުރައްސާރަކޮށް ހަޖޫޖަހައިފައެެވެ.
މި ރިޕޯޓަ ގުޅިގެން އެންމެ ފުރަތަމަ އެކަން ކުއްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައިވަނީ އަދާލަތު ޕާޓީ އިންނެވެ. އަދާލަތު ޕާޓީ އިން ވަނީ މިކަމާއި ގުޅިގެން ސަރުކާރު އިސްފަރާތްތަކާއި ބައްދަލުކޮށް އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓާއި މެދު ހުރި ކަންބޮޑުވުން ތައް އަދި ފިޔަވަޅު އެޅުން އަވަސްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
އެމްޑީއެން އިން ނެރެފައިވާ ރިޕޯޓު މިހާތަނަށް ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. އަދި ސަރުކާރުން އެކަމާ އެންމެ އެކަށީގެންވާ ފިޔަވަޅު އަޅައިފައި ނުވާކަމަށް ބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޝެއިހް އިލްޔާސްގެ ދަރުސް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ