ރައީސް މައުމޫނު އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފުށި ޖަލަށް ބަދަލުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދޫނީދޫ ޖަލަށް ރައީސް މައުމޫން ބަދަލުކުރެއްވީ ސިއްހީ ހާލަތު ގޯސް ކަމުންކަމަށް ކަރެކްޝަންސް އިން ބުންޏެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މިއަދުގެ ވަގުތެއްގައި އަނެއްކާވެސް މާފުށީ ޖަލަށް އެމަނިކުފާނު ބަދަލުކުރެއްވިއިރު، އެކަމާއި ގުޅޭގޮތުން ކަރެކްޝަނަލް ސާރވިސްއިން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.
ރައީސް މައުމޫން ދޫނީދޫ ޖަލަށް ބަދަލުކުރެއްވުމަށްފަހު ފުލުހުން އެމަނިކުފާނުގެ ދަބަސްކޮޅުން ބޭސްތައް ނަގާފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ބޭސް ފަރިއްކުޅުއްވަން ބެއްލެވިއިރު ބޭސްތައް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ އެމަނިކުފާނު އާއިލާއާ ހަވާލުކޮށްދެއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ރައީސް މައުމޫންގެ ވަކީލުންވެސް ވިދާޅުވަނީ، އެމަނިކުފާނާއި ބައްދަލުކުރެވޭގޮތްވެފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ