ރައީީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮމިއުނިޓީ އެމްޕަވާމެންޓްގެ މަގާމަށް، މުހައްމަދު ނާސިހު ރަޝީދު އައްޔަނުކުރައްވައިފިއެވެ.
އެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ނާސިހު ހުންނެވީ ޔޫތް މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އަދި ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނު ކުރައްވާފައި ވަނީ ނާސިހު އެ މަގާމުން ވަކިކުރުމަށް ފަހުގައެވެ.
ނާސިހަކީ މީގެ ކުރިން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލު މެންބަރުކަމާއި ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް އޮފީހުން ބުނީ ނާސިހަކީ ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުންދާ ބޭފުޅެއް ކަމަށެވެ. އަދި މީގެ ކުރިން ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމެންޓާއި ޔޫތް ޑިވެލޮޕްމަންޓް އިން އެޑްވާންސް ސެޓިފިކެޓް ހާސިލުކުރައްވާފައި ވެއެވެ.
އޭގެ އިތުރުން އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްޓާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމް ކޯހެއް ފުރިހަމަކުރައްވާފައި ވެއެވެ.
ޔޫތް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި ނާސިހު ސްޓޭޓް މިނިސްޓަރަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ