ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކާށީދޫ ދާއިރާ އަށް ވާދަކުރާ ފަރާތެއް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އަންނަ ބުދަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ބުނީ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޖާބިރުގެ އިތުރުން އައިޝަތު މަމްދޫހާ ކުރިމަތިލައްވާފައިވާ ކަމަށެވެ. އަދި އެ ދާއިރާގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީ އަލުން ބާއްވާ ގޮތަށް ހަމަޖެހިފައި މިވަނީ ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެ ޕާޓީގެ ޓިކެޓް ދިނުމަށް ފަހު އެ ކެންޑިޑެންސީ ބާތިލް ކުރުމާ ގުޅިގެންނެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޖާބިރުގެ ކެންޑިޑެންސީ ބާތިލްކުރީ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އެމްޑީޕީން ނެރެފައިވާ ވިޕްލައިނާ އޭނާ ހިލާފުވެވަޑައިގަތުމާ ގުޅިގެންނެވެ.
ޖާބިރަށް އެ ދާއިރާގެ ޓިކެޓް ކުރިން ލިބިފައި ވަނީ އެ ދާއިރާގެ ޕްރައިމަރީއަށް ހުޅުވާލުމުން އިތުރު މެމްބަރަކު އެ ދާއިރާ އަށް ކުރިމަތިލާފައިނުވާތީ އެވެ.
ކާށީދޫ ދާއިރާގެ ޕްރައިމަރީ ބުދަ ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ