ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓަރގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދު ރިޔާޒާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވައިފިއެވެ.
މިކަން ފެށިފައިވަނީ "ކިތަންމެ ދައުވާއެއް އުފުލި ނަމަވެސް ރައީސް ޔާމީނަށް ތާޢީދުކުރެެވެން ނެތް"ކަަމަށް ވިދާޅުވެ ރިޔާޒް ޓްވީޓް ކުރެވުމުންނެވެ. ރިޔާޒް މިޓްވީޓް ކުރެއްވީ ފުލުހުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ލިޔުންތައް ހަވާލުކުރުމަށް ރިޔާޒް ކްރިމިނަލް ކޯޓަށް ހާޒިރުުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ފޮޓޯއަކާއިއެކުއެވެ. ރިޔާޒް އިތުރަށް ވިދާޅުވީ "ރައީސް ޔާމީންގެ ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި، ކޮރަޕްޝަން އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ"ކަމަށެވެ.
އެއަށް ރައްދު ދެއްވައި ނިހާން ޓްވީޓްކުރެއްވީ "އަބްދުﷲ ރިޔާޒަކީ އެއް އިރެއްގައިވެސް ރައީސް ޔާމީނަށް ތާޢީދުކުރި މީހެއް ނޫން" ކަމަށެވެ.
Abdullah Riyaz akee eh irehga ves RY ah Thaaeedhu kuri meeheh noon!
އެއަށް ރައްދު ދެއްވައި ރިޔާޒް ކުރެއްވި ސުވާލަކީ، "އަހުމަދު ނިހާން ކިހާ ވަރަކަށް ރައީސް ޔާމީނަށް ތާޢިދުކުރައްވާތީ ތޯ އަޅުގަނޑުގެ ކައިރީ ވިދާޅުވީ ވެރިކަން ބަދަލުވާއިރަށް މަނިކުފާނުފާނުވެސް ކޮޅު ބަދަލުކުރައްވާނެކަމަށް؟".
Ahmed Nihaan kihaavarakah RY ah thaaeedhu kurahvaatheethoa alhugandu kairee vidhaalhuvee verikan badhaluvaairah Manikufaanuves kolhu badhalu kurahvaane kamah? @ahmed_nihan https://t.co/KsyiVJ1Hkp
ރިޔާޒްގެ ސުވާލަށް ނިހާން ވަނީ 3 ޓްވީޓް ކުރައްވާފައެވެ.
ފުރަތަމަ ވިދާޅުވީ "ރިޔާޒް ތިއުޅެނީ ރެޑްލީފް ގަލަމުގެ ހުސްދޯރި ޖީބަށް ޖެހި ޒަމާނުގަ ދޯ" އެވެ.
އަދި އެއަށް ފަހު 2013ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ 9:23ގައި ރިޔާޒާއި ނިހާން އާއި ދެމެދު ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ދެކެވުނު ވާހަކަތައް ރިޔާޒް ހަނދާން ނެތިއްޔާ، އޭގެ ސްކްރީންޝޮޓްތައް ހުންނާނެކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެ ފޮނުވަންވީތޯ ސުވާލު ކުރެއްވިއެވެ. އަދި "ރައީސް ޔާމީން ވެރިކަމަށް ގެންނަން ޕީޕީއެމް ޓިކެޓް ހޯދައިދިނުމުގެ މަސައްކަތް 2012ވަނަ އަހަރުގެ ޑިސެމްބަރުގައި ފެށި ފަހުން އަދި މިހިރީ ރައީސް ޔާމީންއާއިއެކި" ކަމަށް ނިހާން ވިދާޅުވިއެވެ. އަދި 2014ވަނަ އަހަރުން ފެށިގެން ހުންނަވަނީ ޕީޕީއެމްގެ އެންމެ އިސް ހަތަރު މީހުންގެ ތެރޭގައިކަމަށް ވިދާޅުވެ، ހިތްދަތިވީތޯ ނިހާން ސުވާލުކުރެއްވިއެވެ.
Riyaz Adhives Thiulheny Red-leaf galamuge Hus Dhoari Jeebuga jehi Zamaanuga dho! https://t.co/q0ueMP2XYd
15/11/2013 Dhuvahuga 9:23 PM ga FB Messenger in Abdullah Riyaz Dhakkaafa Huri Vaahaka Handhaan Nethiyyaa Screen Shot hunnaane! Fonuvan vee tha? https://t.co/q0ueMP2XYd
RY Verikamah Gennan PPM TKT hoadhaidhinumuge Massakaiy Dec 2012 ga Feshi Fahun Adhi Mihiree RY aai eku, 2014 vana aharun feshigen PPM enmme iss 4 meehunge thereyga! Hiy dhathi vee thoa? https://t.co/q0ueMP2XYd
ހިތްދިތިވީތޯ ސުވާލުކުރައްވާ ނިހާން ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ރިޔާޒް ވިދާޅުވީ "އަހުމަދު ނިހާން ތިޔަ މަޤާމުގައި ބަހައްޓާފައި ތިހުރީ މަނިކުފާނަށް ރައީސް ޔާމީން އިތުބާރު ކުރައްވާތީތޯ؟ މަނިކުފާނާއި ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ކީކޭތޯ ފުނަމާ ލަތީފް (ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް) ކައިރިން އައްސަވާބައްލަވާ! ހެޔޮ ދުޢާ ސަލާމް"އެވެ.
Ahmed Nihan thiya maqaamga bahahtaafa thihuree manikufaanah RY ithubaaru kurahvaatheethoa? Manikufaanaai beheygothun RY vidhaalhuvee keekeythoa @funamalatheef kairin assavaalahva ballava! Heyodhuaa Salaam! https://t.co/ARuWJQCLC9
ރިޔާޒްގެ އެ ޓްވީޓަށްވެސް ނިހާން ރައްދު ދެއްވިއެވެ. ނިހާން ވިދާޅުވީ، "އެކަމާއި އަބްދުﷲ ރިޔާޒް ކަންބޮޑުވާކަށް ނުޖެހޭ ދޯ! މަށަށް ރައީސް ޔާމީން އިތުބާރު ކުރިޔަސް ނުކުރިޔަސް އަބްދުﷲ ރިޔާޒާއި ފުނަމާ ލަތީފަށް ކީއް"ތޯއެވެ. އަދި "ހަމަގައިމުވެސް އަބްދުﷲ ރިޔާޒަށް މިދައުރަކު މިމަޤާމެއް ނުލިބޭނެ" ކަމަށެވެ. އަދި "ފޭސްބުކް ޗެޓްލޮގް ހަނދާން އެބަހުރި"ތޯ ނިހާން އަނެއްކާވެސް ސުވާލުކުރެއްވިއެވެ.
Ekamaaa Abdullah Riyaz kan Boduvaa kah Nujeheyne dho! Mashah RY Ithubaaru Kurias Nukurias Abdullah Riyaz aai Funamaa Latheef ah keeh? https://t.co/GCbGxMropE
Hama Gaimuves Abdullah Riyaz akah Midhauraku Mi Magaaameh Nulibeyne. Kobaa FB Messenger ge Chat Log Handhaan Eba huri tha? https://t.co/GCbGxMropE
:
ޓްވިޓަރގައި މިވާހަަކަތައް ބަދަލުކުރެވިފައިވަނީ ހޯމަ ދުވަހުގެ ރޭ 9:00ގެ ފަހުންނެވެ. އަދި 11:00 ޖެހިއިރު، ނިހާން އެންމެ ފަހުން ކުރެއްވި ޓްވީޓަށް ރިޔާޒް ރައްދުދެއްވާފައެއް ނުވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޓްވިޓަރގައި އަބްދުﷲ ރިޔާޒާއި ނިހާންގެ ފޯރިގަދަ ޒުވާބެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ