އެންމެންވެގެން ރައީސް ޔާމީންގެ ދެ ކަންފަތް ސާފުކުރުވަންވީ، ރައްޔިތުންގެ އަޑު އިއްވަންޖެހޭ: އަބްދުﷲ ރިޔާޒު

ރައްޔިތުންގެ އަޑު ރައީސް އަބްދުﷲ ޔާމީނަން އިއްވުމަށް އެމަނިކުފާންގެ ދެ ކަންފަތް އެއްކޮށް ސާފުކުރުވަންޖެހޭ ކަމަށް ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތާކާއި ރައްޔިތުންގެ އަޑުއަހަންޖެހޭކަމަށެވެ. އެހެންކަމުން  ރައްޔިތުންގެ އަޑު އިއްވެވުމަށް" އެންމެން އެކުގައި ގޮސް ރައީސް ޔާމީންގެ ދެ ކަންފަތް އެއްކޮށް ސާފުކުރަންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ނުހައްގުން ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ޝެއިހް އިމްރާން އޮންނަވާތާ 1000 ދުވަސްވިކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ ޝެއިހް އިމްރާންނަކީ ނުގުޑާފަދަ އަޒުމެއްގައި ހުންނެވި އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީނަން ތާއިދު ކުރައްވާ ޝެއިހް އިމްރާން މަސައްކަތް ކުރެއްވީ ވަރަށް އިހްލާސްތެރި ކަމާއި އެކުގައި ކަމަށާއި، އެމަނިކުފާންގެ ކުށަކަށްވީ ސަރުކާރުން ގާނޫނު އަސާސީއާއި ހިލާފަތް ކުރާ ކަންކަމާއި ފަޅުގައި ދެކޮޅު ހެދުން ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެދުވަހުވެސް ރައީސް ޔާމީންގެ ކަނަފަތް ވަނީ މަޑުން ފުރިފަކަމަށް ރިޒާޔު ވިދާޅުވިއެވެ.
 
"ޝެއިހް އިމްރާން އަކީ ރައީސް އަބްދުﷲ ޔަމީނަނަން ތާއިދުކުރައްވާއިގެން ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް، ޝެއިހް އިމްރާން ސަރުކާރުން ކުރާ ގާނޫނު އަސާސީ އާއި ހިލާފަތް ކުރާ ކަންތައްތަކުގެ ވާހަކަ ރައީސް ޔާމީނަން ހިއްސާކުރެއްވި، އޭރުވެސް ރައީސް ޔާމީންގެ ކަންފަތް ވަނީ މަޑުން ފުރިފަ" އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މިއަދު ރައީސް ޔާމީނަން ތާއިދުކުރައްވާ އެއްވެސް ބޭފުޅެއް ނެތް ކަމަށެވެ. އެމަނިކުފާންގެ ވެރިކަން ދިފާއުކުރުމަށް ބޭނުންކުރަނީ ފަނޑިޔާރުގެ އާއި ފުލުހުންގެ މުއައްސަސާކަމަށް ރިޔާޒު ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ފުލުހެއް ގާނޫނު އަސާސީ އާއި ހިލާފަށް ކުރާ އަމުރަކަށް ތަބާނުވުމަށް ޕޮލިސް ކޮމިޝަނަރުކަން ކުރައްވާފައިވާ ރިޔާޒު ގޮވާލެއްވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ