މައުމޫން ފައުންޑޭޝަންގެ 5ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ސިޔާސީ އޮއިވަރުތަކުން ދުރުވެ، ގައުމާއި، ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ފަރާތްތަކެއް ތިބުން މުހިންމު ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަންގެ ފަސްވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް މައުމޫން ވިދާޅުވީ ސަރުކާރާއި ނުގުޅި އަމިއްލަ ހައިސިއްޔަތުން ކުރެވޭ މަސައްކަތްތަކުންވެސް ގައުމުގެ ތަރައްގީގައި ހިއްސާ ވެވިދާނެ ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުގެ ދައުރު ވަރަށް ފުޅާކަމަށެވެ.މައުމޫން ފައުންޑޭޝަންގެ ފަސްވަނަ އަހަރީ އާންމު ޖަލްސާގައިވަނީ އެ ފައުންޑޭޝަންގެ ރަސްމީ ވެބްސައިޓް އިފްތިތާހްކޮށް، އަހަރީ ރީޕޯޓާއި، ފައުންޑޭޝަންގެ މާލީ ބަޔާންތައް އިއްވާފައެވެ.ރައީސް މައުމޫން ވިދަޅުވީ ފައުންޑޭޝަނުން މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ރަމަޟާން މަހު ބާއްވާ ދީނީ ތަގްރީރްދޭ ޕްރޮގްރާމްތައް ރޭވުމާއި، ދީނީ މައުލޫއަށް ފޮތްތައް ލިޔެ އާންމުކުރުން ކަމަށެވެ. އަދި ފައުންޑޭޝަންގެ އެހީގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވުމުންދާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ