ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރު ކުރުމާއި ގުޅިގެން ސިޔާސީ ލީޑަރުންނަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު މަރުހަބާ ދަންނަވައިފިއެވެ.
ކުރީގެ ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގާއިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނު އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއަށް މަރުހަބާ ދަންނަވާފައެވެ. އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕީޖީ މުހުތާޒު މުހުސިނާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނަށްވެސް މައުމޫނު ވަނީ މަރުހަބާ ދަންނަވާފައެވެ.
ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އަމުރުކޮށްފައެވެ.
ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާނާއި ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަގުތުން މިނިވަން ކުރުމަށްވަނީ އަމުރުކޮށްފައެވެ.
މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހުކުމްކޮށްފައެވެ.
ސިޔާސީ ލީޑަރުންނަށް ރައީސް މައުމޫނު މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ