2018 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ފާއިތުވީ ހަތަރު އަހަރު ސަރުކާރުން ހުށަހެޅި ބަޖެޓު ތަކަށްވުރެ ބޮޑު ބަޖެޓެކެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ މިއަދު ހުށަހެޅިގެން ދިޔަ ބަޖެޓަކީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހާސިލްކޮށް، ނަތީޖާ ނެރެދޭނެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ބަޖެޓެއް ކަމަށެވެ.
މިދިޔަ އަހަރުވެސް މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް 32 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރު ސަރުކާރުން ހުށަހެޅި ބަޖެޓަކީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަދު ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވިއިރުވެސް އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގައި އިހުތިޖާޖު ކުރައްވަމުންނެވެ. ނަމަވެސް މެމްބަރުންގެ އިޙްތިޖާޖުގެ ތެރެއިން ސަރުކާރުން ވަނީ ބަޖެޓް ހުށަހަޅާފައެވެ.
2018 ވަނަ އަހަރަށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ