ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުން، އެމަނިކުފާނު އެ ހުންނެވީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ކަސްތޮޅު އަޅުއްވައިގެން ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލު ކުރައްވާ ކަމަށް ދޭހަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓީވީގެ ފަލަސުރުހީގެ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުން ރައީސް ޔާމިން ވަކި ކުރެވޭނެ ހުރިހާ ޝަރުތެއް ހަމަވެފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ވަކި ހާލަތްތަކެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވިދާނެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިސްލާމްދީނުގެ އަސްލަކާއި ނުވަތަ ގާނޫނު އަސާސީއާއި ނުވަތަ ގާނޫނަކާއި ކަނޑައެޅިގެން ހިލާފުވެއްޖެ ނަމަ އެ މަގާމުން ދުރުކުރުމަށް ނިންމިދާނެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުރެގެން ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުމާއި އެ މަގާމު އަދާކުރުމަށް ނާގާބިލުވުމަކީވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރެވިދާނެ ސަބަބެއް ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކާއިމެދު ސުވާލު އުފެއްދިއްޖެ ކަމަށްވާނަމަ އެ ކަމާއިމެދު ގޮތެއް ކަނޑައަޅަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވީނަމަވެސް، މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިގެން މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ނުވަދެވޭ ގޮތް ހަދާފައިވަނީ ރައީސް ޔާމިންގެ ނިންމެވުމުގެ މަތިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަސައްކަތައް ހުރަސްއަޅާ ކޮންމެ މީހަކު އެ ހުރަސްއަޅަނީ ދައުލަތުގެ މައްސޫލުވެރިއަކު ގާނޫނީ ވާޖިބު އަދާކުރުމަށްކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އެމީހުންނާމެދު ޝަރީއަތް ހިންގައި އަދަދުބު ލިބޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ އެހެން ބާރަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އެކަން ކުރައްވާނަމަ އެކަން އެ ކުރައްވަނީ ގާނޫނީ އިމުން ބޭރުންކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރައީސް ޔާމިން ގަބޫލުފުޅު ކުރައްވަނީ އެ ހުންނެވީ ޤާނޫނުއަސާސީގެ 100 ވަނަ މައްދާގައި ކަސްތޮޅުއަޅުއްވައިގެން ކަމަށް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ