ގައުމުން ބޭރުގައި ތިބި އިދިކޮޅު ލީޑަރުން ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނާނަން: އަބްދުﷲ ރިޔާޒް

މިވަގުތު ގައުމުން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުން ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނާނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ހއ ދިއްދޫގައި އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި، ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ރައީސް ޔާމީން ބަލިކުރާނެ ފޯމިއުލާއެއް އިދިކޮޅު އިއްތިޙާދުން ނެރޭނެ ކަމަށާއި އިދިކޮޅު ލީޑަރުން ތިއްބެވީ އެބޭފުޅުން މިއަހަރުގެ މާޗް މަހު ވީ އެއްބަސްވުމާއި އެއްގޮތަށް އިއްތިޙާދުވެގެންކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ, ކާނަލް ނާޒިމްއާއި ޝެއިޚް އިމްރާންގެ މައްޗަށް ކޮށްފައިވާ ޙުކުމްތަކާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީޢަތް ދިވެހިން ޤަބޫލުނުކުރާނެ ކަމަށާއި ދިވެހިންނަކީ އަނިޔާއާ އަބަދުވެސް ދެކޮޅު ބައެއް ކަމަށެވެ.
އިތުރަށް ރިޔާޒްވަނީ އިދިކޮޅު ލީޑަރުންނަށް އިތުބާރުކުރައްވައި، އެލީޑަރުންގެ ފަހަތުގައި ތިބުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ