އައްޑޫ ސިޓީގެ ވިޔަފާރި ކުރާ ތަންތަނުން ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އައްޑޫގެ އެމްޑީޕީގެ ތިން މެންބަރުން ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ކޮމެޓީން ބޭރުކޮށްލާފައި ވަނީ ހާޒިރުވި ސަރުކާރަށް ތާއިދު ކުރާ ފަސް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ހިމެނެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ބަލައިގަތުމަށް ވޯޓް ނުދެއްވީ ކީއްވެގެންތޯ އޮޅުންފިލުވާލުމަށް 'އައްޑޫލައިވް'ގެ ފަރާތުން ކުރި މަސައްކަތް މެންބަރު ޝާހިދު ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާގޮތް ނުވެފައެވެ.
މި މައްސަލަ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ތިން މެމްބަރުންނާއި ޖޭޕީގެ މެމްބަރަކު ވޯޓު ދެއްވި އެވެ.
ސަރުކާރު މައްސޫލިއްޔަތު އަދާކުރާ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެ މައްސަލަ އަކީ ސަރުކާރުގެ މައްސޫލިއްޔަތާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން އެކުލެވޭ މައްސަލައެއް ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އައްޑޫގެ ވިޔަފާރި ކުރާތަންތަނުން ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން އެމްޑީޕީގެ ފަރާތުން ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާފައިވާއިރު ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން އައްޑޫ ސިޓީގެ ވިޔަފާރިވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
ޝާޑުގެ ވޯޓާއެކު އައްޑޫ ކަރަންޓް މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ