ކުރީގެ ރައީސް މައުމޫން ރައީސް ވަހީދާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމާއި މިރޭ ބައްދަލުކުރައްވައިފި އެވެ.
ޕީޕީއެމްއިން ބުނީ މިއީ ރަސްމީ ބައްދަލުވުމެއް ނޫން ކަމަށާއި އެއީ އާންމުކޮށް ދޭތެރެ ދޭތެރެއިން ވެސް ބާއްވަމުން އަންނަ ބައްދަލުވުމެއް ކަމަށެވެ. އަދި މިބައްދަލުވުމުގައި ވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެޕާޓީއިން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން އާއި ރައީސް ޑރ.ވަހީދު މިރޭ ބައްދަލުކުރެއްވީ މުލިޔާގޭގައި އެވެ. އަދި މިބައްދަލުވުން ގަޑިއިރަކަށްވުރެން ގިނަ ވަގުތަށް ދެމިގެންދިޔަ އެވެ.
މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ ބަހެއް ނުލިބެ އެވެ.
ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅުގައި ވެސް ރައީސް ވަހީދާއި ރައީސް މައުމޫން ވަނީ ބައްދަލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ