ގއ. ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ސައުދު ހުސައިން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ސައުދު ހުސައިން ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހުންނަ މ. ކުނޫޒްގައި އޭނާ ހުންނަވަނިކޮށް ކޯޓު އަމުރެއް ހިފައިގެންގޮސް ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ސައުދު ހުސައިން ހައްޔަރުކުރީ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ސައުދު ހުސައިން ހައްޔަރުކުރިތާ ކުޑަ އިރުކޮޅެއް ފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒްގައި ދާދި ދެންމެއަކު ފެށި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ސައުދު ހުސައިން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫންކަމަށް ގަބޫލުކޮށްގެން ކަމަށެވެ. އެގޮތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހިމްވެސް ރޭގައި ހައްޔަރު ކޮށްފައިވާކަން އިބްރާހިމް މުހަންމަދު ސޯލިހް ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް، އިލެކްޝަސް ކޮމިޝަނުން މެމްބަރުން ނޫންކަމަށް ކަނޑައެޅި މެމްބަރުންގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގަނެ މައްސަލަ ބަލަންވަން ނިންމަވާފައި ވާއިރު، ސްޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މެމްބަރުންނަށް އެބޭފުޅުންގެ ޒިންމާ އަދާކުރެއްވޭނެ ކަމަށެވެ.
ކުރިންވެސް މިފަދަ މައްސަލަތަކުގައި ސްޕްރީމް ކޯޓުގެ ހުކުމެއް އަންނަންދެން މެމްބަރުކަމުން ވަކިކުރެވިފައިވާ ކަމަށް ބުނާ މެމްބަރުންނަށް މަސައްކަތް ކުރުމާއިގެން ކުރިއަށް ދެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ، މެމްބަރުން ހައްޔަރުކުރުންފަދަ އެތައް ކަމެއް ކުރިއަށް ފެންނާނޭ ކަމަށެވެ.
މެމްބަރު ސައުދު ހުސައިން ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ