ކަރަންޓު ބަޑި ބޭނުން ކުރާނީ ވަރަށް ތަޖުރިބާކާރު ފުލުހުން: ހަމީދު

ފުލުހުންނަށް ޓޭޒާ ގަން ( ކަރަންޓު ޝޮކުދޭ ބަޑި) ދިނުމަށް ހަމަޖެހިފައިވާއިރު، އެ ބަޑި ބޭނުން ކުރާނީ ހަމައެކަނި ވަރަށް ތަޖުރިބާކާރު އަދި ޤާބިލު ފުލުހުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ އެ ބަޑި ބޭނުން ކުރުމާއި މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ޤަބޫލުކުރައްވާ ކަމަށާއި، އަދި އެކަމުގައި ބަހުސް ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.ނަމަވެސް ހަމީދު ވިދާޅުވީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން، ކަތިވަޅި، ވަޅި އަދި ކަނޑި ފަދަ ތަކެތި ބޭނުން ކުރާއިރު އެފަދަ ފަރާތްތަކާއި ކުރިމަތިލާން ފުލުހުން ނިކުންނައިރު، ފުލުހުންގެ އަތުގައި ރައްކާތެރިވާނެ ވަސީލަތްތައް ހުންނަން ޖެހޭނެކަމަށެވެ. އަދި އެ ބަޑި ބެނުން ކުރާނީ އެކަމަށް ތަމްރީނު ލިބިފައި ތިބި، ވަކި މިންގަނޑުތަކަކުން ފާސްވެފައި ތިބި އޮފިސަރުންކަމަށް ހަމީދު ވިދާޅުވިއެވެ. "މި ދައްކަނީ ގާތްގަނޑަކަށް ފުލުހުންގެ ތެރޭގައި މަދު ބަޔަކު މީތި ބޭނުން ކުރާނެ ވާހަކަ" ސީޕީ ވިދާޅުވިއެވެ.ފުލުހުންނަށް މި ބަޑި ދޭން ނިންމުމުން، ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ. އަދި މަޖިލީހުންވެސް ވަނީ އެ މައްސަލަ ބެލުމަށް ނިންމާފައެވެ. މި ބަޑި ދޭނެ ކަން އިއުލާންކޮށްފައި އޮތްވާ އާންމުންނާއި މަޖިލީސް ބައެއް މެމްބަރުން އެކަމާއި ދެކޮޅު ހެދުމުން، ސީޕީ ރޭ ވިދާޅުވީ އެ ބަޑި ބޭނުން ކުރުމާއި މެދު ގޮތެއް ނިންމާނީ ސަރުކާރާއި، ފުލުހުން ޖަވާބުދާރީ ކުރުވުމުގައި ހުރި އެހެން މުއައްސަސާތަކުން ކަމަށެެވެ. އަދި އާންމުންގެ ހިޔާލުވެސް ހޯދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.މިހެން ވިދާޅުވި ނަމަވެސް، މި ބަޑި ބޭނުން ކުރަން މިހާރު ފުލުހުން ތަމްރީނުވެސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ