މޯލްޑިވިއަނުން ހާއްސަ ކާގޯ ފްލައިޓްތަކެއް ބާއްވަނީ

ގައުމީ އެއާލައިން މޯލްޑިވިއަންއިން އަންނަ ހަފުތާގައި ރާއްޖޭން ބޭރުގެ ގައުމުތަކުން މުދާ ގެނައުމަށްޓަކައި ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ. މޯލްޑިވިއަނުން ބުނީ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއަށް ކަމަށެވެ.މޯލްޑިވިއަނުން މިފަދަ ނިންމުމެއް ނިންމިއިރު، ތަރުކާރީ ގެނައުމަށް ކާގޯ ޗާޓަރު ފުލައިޓްތަކެއް ބާއްވަން ވިސްނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ."ބޭރުން ގެންނަ ތަރުކާރީއާއި މޭވާ ގެނައުމަށް ފުދޭވަރެއްގެ ބޮޑެތި ދަތިތަކެއް ކުރިމަތި ވާނެ ފްލައިޓްތައް ކެންސަލް ކުރުމާ އެކީގައި. އަޅުގަނޑުމެން ވިސްނުމެއް އެބަ ގެންގުޅެން ކާގޯ ޗާޓަރު ފްލެއިޓްތަކެއް ބޭއްވުމަށް" ރައީސް ސޯލިހު ވިދާޅުވި އެވެ.މިއީ ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަންކަން ކަމަށާއި އެހެންނަމަވެސް އެއީ ކުރަން ޖެހޭ ހަރަދުތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައި މި މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް އޮފީސްތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މި ވަގުތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ރާއްޖޭން މިރޭ 12:00 އިން ފެށިން، އޮންއެރައިވަލް ވިސާ ދިނުން ވެސް ހުއްޓާލާނެ އެވެ.މުޅި ދުނިޔެ އިން މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް އަރާފައި ވާއިރު ރާއްޖޭން ވެސް 13 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ވަނީ ރަނގަޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ