އިންޑިޔާގައި ކޮވިޑް-19 ޖެހިފައިވާ މީހެއްކަމަށް ހީކޮށް ތަޅާ މަރާލައިފި

މުޅި އިންޑިޔާގައި އިޢުލާން ކޮށްފައިވާ ލޮކްޑައުން ގެ ތެރޭގައި، 34 އަހަރުގެ ގަނޭޝް ގުޕްތާ ހެނދުނު ގެއިން ނިކުތީ ކާ އެއްޗެހި ގަތުމަށް ފިހާރައަށް ދިއުމަށެވެ. ނަމަވެސް މަގުމަތީގައި ފުލުހުން ތިބުމުން އެހެން ހަނި ގޯޅިއަކަށް އަޅައިގެން ދަނިކޮށް ބަޔަކަށް ފެނިގެން އެނާގެ ގައިގައި ތަޅައިގަތެވެ. އޭނާ ކެއްސާލުމުން އެމީހުނަށް ހީވީ ގަނޭޝްއަށް ކޮވިޑް-19 ޖެހިފައި ހުރީ ކަމަށެވެ. ތަޅައިގަނެ ޒަޚަމް ކޮށްލުމަށްފަހު، ކާނު ވަޅުގަނޑެއްގެ ތެރެއަށް އެއްލާލުމުން، ގަނޭޝް މަރުވީ އެ ވަޅުގަނޑުގައި އޮވެއެވެ.މަހަރަޝްޓްރާ ސްޓޭޓްގެ، ތާނޭ ޑިސްޓްރިކްޓްގެ ކަލްޔާން ޓައުންގައި ހިނގާދިޔަ މިހާދިސާގެ ޚަބަރު ފުލުހުންނަށް ލިބުމުން، އެތަނަށް ގޮސް ގަނޭޝްގެ ހަށިގަނޑު ނަގައިގެން، ޕޯސްޓްމޯޓަމް އަށް ފޮނުވާފައިވާ ކަމަށް އެ ސަރަހައްދުގައި ހުންނަ ޕޮލިސް ސްޓޭޝަނުންވަނީ މައުލޫމާތު ދީފައެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ޝައްކުވެގެން، ކަރްނާލްގެ ކަލްޕަނާ ޗާވްލާ މެޑިކަލް ކޮލެޖްގައި އެޑްމިޓް ކޮށްފައި އޮތް 55 އަހަރުގެ މީހަކު މަރުވީ، ހޮސްޕިޓަލުން ފިލަން އުޅެނިކޮށް 6 ވަނަ ފަންގިފިލާ އިން ވެއްޓިގެންނެވެ. އޭޕްރީލް 9 ވަނަ ދުވަހު ދިއްލީގެ ބަވާނާގައި، ކޮވިޑް-19 ފަތުރާކަމަށް ޝައްކުކޮށް، 22 އަހަރުގެ މެހްބޫބް ޢަލީ ކިޔާ މީހަކުވެސް ވަނީ މަރާލާފައެވެ. މިކަމާއި ގުޅިގެން ޕޮލިހުން ހާމަ ކުރި ގޮތުގައި، މެހްބޫބު ޢަލީ އައީ ބޯޕާލްގައި އޮންނަ ދީނީ ކޮންފަރެންސެއްގައި ބައިވެރިވުމަށް ގޮސް އެތަނުގައި 45 ދުވަހު ހުރުމަށް ފަހުގައެވެ. މި ހާދިސާ ހިނގީ ލޮކްޑައުންގެ ސަބަބުން އޭނާއަށް ދުއްވާ އެއްޗެއް ނުލިބިގެން ތަރުކާރީ ޓްރަކަކަށް އަރައިގެން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ