ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް އޭނާ ދެންމެ ހާޒިރުކޮށްފި އެވެ.
މިވަގުތު ބަންދުގައި ހުންނެވި ގާސިމް ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އޭނާ އުޅުއްވި ކަމަށް ބުނެ ކުރާ ތިން ދައުވާއެއްގެ އަޑުއެހުމަށެވެ.
އެ ދައުވާކުރަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ޖަލްސާއެއްގައި ގާސިމް ވިދާޅުވުމުންނެވެ.
މިއަދު ހެނދުނު 11:00 ގައި ބާއްވަން ހަމަޖައްސާފައިވާ އަޑުއެހުމުގައި އޮންނާނީ ގާސިމްގެ ފަރާތުން ޖަވާބުދާރީވުމެވެ. އެ މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.
ގާސިމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ