ބ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލައަކާ ގުޅިގެން ބ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސަސްޕެންޑްކޮށްފި އެވެ.ޖޭއެސްސީން ބުނީ ލަތީފް ސަސްޕެންޑްކުރީ އޭނާއާ މެދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނިމެންދެން ކަމަށެވެ. އެކަމަކު ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެ އެވެ.ލަތީފް ސަސްޕެންޑް ކޮށްފައިވާއިރު ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ވެސް އިއްޔެއިން ފެށިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ ހައި ކޯޓަށް ފަހުން އައްޔަންކުރި ދެ ފަނޑިޔާރުންނަކީ ކޮރަޕްޓް ފަނޑިޔާރުން ކަމަށް އޭނާ ވިދާޅުވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަމުން އަންނާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ