ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް އުމަރު ޓީމުގެ ފަރާތުން ވާދަކުރެއްވި އެ ޕާޓީގެ އިންތިގާލީ ކައުންސިލް މެންބަރު އިބްރާހިމް ނާޒިމް ކާމިޔާބު ކުރައްވައި، ނައިބު ރައީސްކަން ޔާމީންގެ ޔަގީން ޓީމްގެ އައިމިނަތު ނަދާ ކާމިޔާބު ކުރައްވައިފި އެވެ. 
އިއްޔެއިން ފެށިގެން ދަރުބާރުގޭގައި ކުރިއަށްދާ އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި މިއަދު ހެނދުނު ނެގި ސިއްރު ވޯޓުގައި ނާޒިމް އިންތިހާބު ކާމިޔާބުކުރީ ކޮންގްރެސްގައި ވޯޓްލީ 61 ޒުވާނުންގެ ތެރެއިން 29 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ދެން ވާދަކުރެއްވި ދެ ބޭފުޅުން ކަމަށްވާ ޔާމީންގެ "ޔަގީން ޓީމު"ގެ ޒާހިދު ޒަމީރަށް 22 ވޯޓް ލިބިވަޑައިގަތްއިރު ދެން އެ މަގާމަށް ކުރިމަތިލެއްވި އިބްރާހިމް މުއާޒަށް ލިބުނީ އަށް ވޯޓެވެ. 
ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރެއްވީ ޔާމީންގެ ޔަގީން ޓީމްގެ އައިމިނަތު ނަދާ އެވެ. އޭނާ އަށް 40 ވޯޓް ލިބިވަޑައިގެންފައިވެ އެވެ. އުމަރު ޓީމުން ވާދަކުރެއްވި އަހުމަދު ޝަމްއޫނަށް ލިބިވަޑައިގަތީ 17 ވޯޓެވެ. އަދި އެ މަގާމަށް ވާދަކުރެއްވި މުހައްމަދު ޝަފްލީނަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ. 
ޒުވާނުންގެ ގޮފީގެ އެހެން މަގާމުތަކަށް ވެސް ވަނީ ބޭފުޅުން ހޮވައިފަ އެވެ. މިއަދު މެންދުރު ފަހު ސެޝަންގައި އޮންނާނީ ޕާޓީގެ ކައުންސިލްގެ މެންބަރުން އިންތިހާބު ކުރުމާއި ޕާޓީގެ ނައިބު ރައީސުން އިންތިހާބު ކުރުމެވެ.
    
    ޒުވާނުންގެ ގޮފީގެ ރައީސްކަން އުމަރު ޓީމަށް، ނައިބު ރައީސްކަން ޔާމީންގެ ޓީމަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            