ކަނޑި ގެންގުޅުމުގެ ކުށުގައި ޖަލަށްލި ނަމަވެސް މިހާރު މިނިވަންވެފައިވާ ގދ. ނަޑެއްލާ އަތަމާގެ އިބްރާހިމް ނާފިޒް (ޗިކާ)ގެ ކޮޓަރިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އޭނާ ކުށްވެރިނުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޗިކާގެ ދިރިއުޅެމުން ދިޔަ ކޮޓަރިން 2008 ގައި މަސްތުވާތަކެތި ފެނުނު މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ޗިކާގެ މައްޗަށް ކުރީ މަސްތުވާތަކެތި ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުމުގެ ދައުވާ އެވެ. ނަމަވެސް އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ހެކިބަސް ދިން މީހަކު ވަނީ އެ މަސްތުވާތަކެއްޗަކީ އޭނާ އެތަނުގައި ބޭއްވި އެއްޗެއް ކަމަށް ބުނެ އެއާ ހަވާލުވެފަ އެވެ. އެހެންވުމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވެސް އަދި ހައި ކޯޓުން ވެސް ނިންމީ ޗިކާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބާއްވަން ވެސް ތާވަލްކޮށްފައި ވެއެވެ.
ޗިކާގެ މައްޗަށް އެ ކުށް ސާބިތުވެއްޖެނަމަ މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރެވޭނެ އެވެ.
ކަނޑި ގެންގުޅުމުގެ ކުށުގައި ޗިކާ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އެވެ.
ޗިކާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އެންމެފަހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ