ސްމާޓް ޑިވައިސްއެއްގެ ބަދަލުގައި ބޭނުންކުރަން "ކަރަންޓް ހަންގަނޑެއް"

އެކި ކަންކަމަށް ހަށިގަނޑުގައި މިހާރު ބޭނުންކުރާ ސްމާޓް ޑިވައިސްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ "ކަރަންޓް ހަންގަނޑެއް" އީޖާދުކޮށްފި އެވެ.
އަގު ހެޔޮ އަދި އަޅަން ބޭނުންކުރާ އެކި ބާވަތުގެ ޑިވައިސްތަކަށް ވުރެ ފަސޭހައިން ރިސައިކަލްކުރެވޭނެ އުފެއްދުމެއްގެ ގޮތުގައި "އިލެކްޓްރޯނިކް ސްކިން" އުފެއްދީ އެމެރިކާގެ ކޮލަރާޑޯ ބޯލްޑާ ޔުނިސިޓީގެ އިލެކްޓްރޯނިކް އިންޖިއަރުންގެ ސައިންޓިސްޓުންގެ ޓީމަކުންނެވެ. އެ މީހުން ވިދާޅުވާ ގޮތުގައި ބޭނުން ވަރަކަށް ދަމައިލެވޭ އަދި ފެންނަ ފެނުމަށް ސާކިޓް ބޯޑެއް ސިފަވާ "ކަރަންޓް ހަންގަނޑު" އަކީ މުސްތަގުބަލުގައި ގިނަ ބަޔަކު ބޭނުންކުރާނެ އެއްޗެކެވެ.
މިއާ ބެހޭ ގޮތުން ސައިންސް އެޑްވާންސެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން މިއީ ހަޑށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް ތަތްކުރެވޭނެ އެއްޗެކެވެ. ސްމާޓްވޮޗް ކަހަލަ އުފެއްދުންތަކުން ކޮށްދޭ ކަންކަމުން މި ހަންގަނޑުންކޮށްދޭނެ އެވެ. އޭގެ ތެރޭގައި ހިތުގެ ވިންދާއި އަޅާ ފިޔަވަޅުތަކުގެ އަދަދު ގުނުން ފަދަ ކަންކަން ހިމެނެ އެވެ.
A recent work on electronic skin, collaborating with @JianliangXiaoCU @CUBoulder. Compared to our 1st generation e-skin also published @ScienceAdvances , the new generation based on a novel design is highly reconfigurable and more fun to work with! https://t.co/4jO7Ja4inB— Wei Zhang (@weizhangCU) November 6, 2020
"މި ހަންގަނޑު ބޭނުންކުރަނީ ގަނޑިއެއް ގޮތަށް ނަމަ އަތުގެ މުލައްދަނޑީގައި ތަތްކޮށްލެވިދާނެ. އަދި ކަރުގައި ފަށެއް ގޮތަށް އަޅާ ނަމަ ކަނދުރާގައި ތަތްކޮށްލެވިދާނެ،" ކޮލަރާޑޯ ބޯލްޑާ ޔުނިވަސިޓީގެ މެކޭނިކަލް އިންޖިނިއަރިން އެސޯސިއޭޓް ޕްރޮފެސަރު ޖިއަންގްލިއަންގް ޝިއާއޯ ވިދާޅުވި އެވެ. "މިއީ ބޭނުން ވަރަކަށް ބޭނުން ދިމާއަކަށް ދަމާ ވެސް ލެވޭނެ އެއްޗަކަށްވާތީ މިއީ އަސްލު ބޭނުން ކުރަން ވެސް ވަރަށް ފަސޭހަ އެއްޗަކަށް ވާނެ."
"ކަރަންޓް ހަންގަނޑު" އުފެއްދި ޓީމުން ވިދާޅުވާތުގައި އެއިން ލިއްބައިދޭނެ ފައިދާތަކުގެ ތެރޭގައި މިހާރު ބޭނުންކުރާ ޒާތްޒާތުގެ ކުދި އިލެކްޓްރިކް ޑިވައިސްތައް މަދުކުރެވި، އެ ޒާތުގެ ކުނިބުނި މަދުވުން ހިމެނެ އެވެ. އެގޮތުން އަތުގައި އަޅަން މިހާރު ބޭނުންކުރާ ސްމާޓްވޮޗް ފަދަ ޑިވައިސްއެއްގެ ބަދަލުގައި "ކަރަންޓް ހަންގަނޑު" ބޭނުން ކުރުމަކީ ހައްޓަށް ވެސް ލުޔަކަށް ވާނެ ކަމަށް ބުންޏެވެ.
"ސްމާޓްވޮޗެއް އަތުގައި އޮތުމަކީ ހަމަ ދަގަނޑު އުޅައެއް އަތުގައި އޮތުން ކަހަލަ ކަމެއް. އެހެންވީމަ އަސްލު އެއަށް ވުރެ އިލެކްޓްރޯނިކް ސްކިން މާ ރަނގަޅު. އޭރުން އަތުގައި އެއްޗެއް އަޅާފައި އޮތްހެން ވެސް ހީނުވާނެ." ޔުނިވަސިޓީގެ ކެމިސްޓްރީ ޑިޕާޓްމަންޓްގެ ޕްރޮފެސަރު ވީ ޒަންގް ވިދާޅުވި އެވެ.
"އިލެކްޓްރޯނިކް ސްކިން" އަކީ އުންމީދީ މަސައްކަތަކަށް ވިޔަސް އެ އުފެއްދުން އާންމުކޮށް ލިބޭނެ އިރެއް އަދި ނޭނގެ އެވެ. ކޮލަރާޑޯ ޔުނިވަސިޓީން އަންނަނީ އެއާ ގުޅުން ހުރި އިތުރު މަސައްކަތްތައް އަދިވެސް ކުރަމުންނެވެ. މި މަސައްކަތް އެ ޔުނިވަސިޓީން ފެށީ 2018 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ