މޫސުން ގޯސްވެ 9 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަކޮށް މޫސުން ގޯސްވުމާ ގުޅިގެން 9 އަތޮޅަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލު ނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން މ އަތޮޅާ ދެމެދުގައި ހުރި ރަށްތަކަށެވެ. އެއީ މިއަދު މެންދުރު 12.00 އިން ފެށިގެން 4.00 އާ ދެމެދުގެ ވަގުތަކަށެވެ. މެޓު އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ގުރާނެވެސްމެއެވެ.
މެދުރާއްޖޭގެތެރޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް ގުގުރާނެ ކަމުގައި ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ބައެއް ރަށްރަށަށް ބޯކޮށް ވިއްސާރަކުރާނެ ކަމުގައި ބެލެވޭ ކަމުގައެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމުގައިވެސް އެ އިދާރާއިން ލަފާކުރެއެވެ.
އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެނޭ ެކަމަށް ލަފާކޮށްފަިއވެއެވެ.
ދެކުނާއި މެދުރާއްޖެ ތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ނަމަވެސް އުތުރުގެ އަތޮޅުތަކުގެ ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
އާންމުކޮށް ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓާ ދެމެދުގެ މިންވަރެއް ހުންނާނެ ކަމުގައި މެޓް އޮފީހުން އަންދާޒާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ