މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މާދަމާއަށްފަހު މިހާރަށް ވުރެ ރަނގަޅުވާނެކަމަށް މޯލްޑިވްސް މީޓްރޮލޮޖީ މޯލްޑިވްސް (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، މެދުތެރެއާ އުތުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު މުޅި ރާއްޖެއަށް ވިއްސާރަ ކުރިނަމަވެސް، މާދަމާއަށްފަހު މިހާރަށްވުރެ މޫސުން ރަނގަޅުވާނެކަމަށެވެ.
އަދި ވައިޖެހޭނެކަމަށް ލަފާކުރެވެނީ، ހުޅަނގުދެކުނާއި ހުޅަނގުންް ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، އަދި އެހެންހިސާބުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހަށް ބުންޏެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަަލައިގެން ދަތުރުކުރެއްްވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މާދަމާއަށް ފަހު މޫސުން މިހާރަށްވުރެ ރަނގަޅުވާނެ - މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ