ޕޮލެންޑްގެ މިހާރުގެ ސަރުކަރުން ޤާނޫނުތަކަށް ބަދަލުގެނެސް ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ޕޮލެންޑްގެ އެތައްހާސް ބަޔަކު މަގުތަކަށް ނިކުމެއްޖެއެވެ.
ޕޮލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރި ގެއާއި މަތިގެވެސް ކޮންޓްރޯލް ކުރަމުންދާ މިހާރު ވެރިކަންކުރާ ޕާޓީތަކުންނެވެ. ޕޮލެންޓްގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިންވަނީ މިދިޔަ ބުދަ ދުވަހުވަނީ ޝަރުއީ ދާއިރާ ރިފޯމްކުރުމަށްކަމަށްބުނެ ބިލެއް ފާސްކޮށްފައެވެ.
ނަމަވެސް ޕޮލެންޑްގެ ޑިމޮކްރެޓިކް މޫވްމަންޓުން ބުނަމުން ގެންދަނީ ޝަރުއީ ދާއިރާގެ މިނިވަންކަމަށްބުނެ ސަރުކާރުން ގާނޫނުތައް ބަދަލުކޮށް މަސައްކަތް ކުރަމުންދަނީ ކޯޓްތަކާއި މުޅި ޝަރުއީ ދާއިރާއަށް އަތްގަދަކޮށް ނުފޫޒު ހިންގުމަށް ކަމުގައެވެ. އަދި އަލަށް ފާސްކުރަމުންދާ ގާނޫނުން އެގައުމުގެ ސަރުކާރަށް ކޯޓްތަކުގެ މައްޗަށް ބާރު ހިންގާ ނުފޫޒު ފޯރުވުމަށް ފުރުސަތު އެބަ އޮތްކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އާދީއްތަ ދުވަހު އެގައުމުގެ އެތައްހާސް ރައްޔުން ގާނޫނުހަދާ މަޖިލިސް ހުންނަ ސަރަހައްދަށް އެއްވެ ކޯޓްތަކުގެ މިނިވަންކަމަށް ގޮވާލާވަނީ އަޑު އުފުލާފައެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއްވުންތަކަށް ފުލުހުން ހުރަސް އަޅާފައިވާކަމަށާއި އެގައުމުގައި މިނިވަންކަމާއި އެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަށްވެސް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވާކަމުގައެވެ.
ކޯޓްތަކަށް ނުފޫޒު ފޯރުވާތީ ޕޮލެންޑް ރައްޔިތުން މަގުމައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ