މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ

އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުން ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރ އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަހްމަދު ޢަބްދުﷲ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނ. މަނަދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަހުމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަށްރަށަށް ދަތުރު ކުރާތީ ސަރުކާރުން ވަރަށް ބިރުގަންނަ ކަމަށާއި ތުރުތުރު އަޅާ ކަމަށެވެ.
މިދަތުރުތަކުގެ ބޭނުމަކީ އަހުމަދު ވިދާޅުވި ގޮތުގައި މިސަރުކާރު ނިމުމަކަށް ގެނައުން ކަމަށާއި މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލިސް  ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް ކަމަށެވެ.
" މިއުޅެނީ އެމަޖިލީހުގެ ރައީސް މަސީހުއާ ޒާތީ ވެގެންނެއް ނޫން. މިއުޅެނީ އިސްލާހަށް ކުރާ މަސައްކަތައް ހުރަސްއަޅާތީ އެ ރިޔާސަތު ބަދަލުކުރަން.މިޤައުމުގައި ހިނގާދިޔަ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަން އެމަޖިލީހަށް ވެއްދީމާ މަސީހު ހުރަސްއެޅީތީ އެކަން ކުރެވޭނެ ގޮތް ހަދަން މިއުޅެނީ. 45 އެއް ނޫން 60 އަށް އަރުވާ މިރާއްޖޭގެ ރިޔާސަތުވެސް ބަދަލު ކުރާނަން." އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އަހުމަދު ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ ޚަޒާނާއިން ވަގަށް ނެގި ފައިސާ އެކަން ކުރި އެންމެން ބަންދުކޮށްގެން ނަމަވެސް ގެނެސް ޚަޒާނާއަށް ލާނަން ކަމަށާއި ވައްކަން ކޮށްފައެއް ނުތިބެވޭނެ ކަމަށެވެ.  
"ލާރި ނެގިކަން ނޭނގެންޏާ ގޭގައި އޮވޭ. ހޯދާފައި ދައްކާނަން. މިކަންކަން ބަލަން ފެށީމާ މަޖިލިސް ހިސޯރުކޮށްގެންގެން ތިއްބަކަ ނުދޭނަން. 24 ވަނަ ދުވަހު މިކްނ ކާމިޔާބު ކުރާނަން. ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކޮށް މިސަރުކާރު ބަދަލުކުރާނަން." އަހުމަދު ވިދާޅުވިއެވެ
މި ޖަލްސާގައި މާލޭ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ ޤައުމު ހެޔޮ ފާލަށް އެޅުވުމަށް ނުކުންނަން ޖެހޭނީ ރައްޔިތުން ކަމަށާއި މީގެ ކުރިންވެސް ވަނީ އެގޮތައް ނުކުމެގެން ކާމިޔާބުތަކެއް ހޯދާފައި ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ