ހުޅުމާލޭ ކޯޓު މައްސަލައިގެ ފައިލު ފޮނުވުމަށް ސްޕްރީމު ކޯޓުން އަންގައިފި

ހުޅުމާލޭ ކޯޓަކީ ކޯޓުތަކާއި ބެހޭ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ބުނެ ގާނޫނީ ވަކީލުންތަކެއް ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާގެ ހުރިހާ ލިޔެ ކިއުންތަކަކާއި އެކު އެމައްސަލައިގެ ފައިލު ސްޕްރީމު ކޯޓަށް ފޮނުވުމަށް އަންގައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ކޯޓު މައްސަލައިގެ ފައިލު ފޮނުވުމަށް ސްޕްރީމު ކޯޓުން އަންގާފައިވަނީ ޖޭއެސްސީން ސްޕްރީމު ކޯޓަށް އެމައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ.
މިހަބަރާއި ގުޅިގެން ސްޕްރީމު ކޯޓުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް އެމައްސަލައިގެ ފައިލު ފޮނުވުމަސް އަންގާފައިވާކަން ސިވިލް ކޯޓުން ކަށަވަރުކޮށްދެއެވެ.
އެމައްސަލަ ބެލުމަށް ސްޕްރީމު ކޯޓުން ނިންމާފައިވާ އިރު އިއްޔެ ހައިކޯޓުން ނެރުނު ވަގުތީ އަމުރާއި ގުޅިގެން ހުޅުމާލޭ ކޯޓުން ބަލަމުން ގެންދިޔަ ހުރިހާ މައްސަަލަތަކެއް ވެސްވަނީ މެދުކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ