ރައީސް ނަޝީދު އއ. އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ކެމްޕޭން ދަތުރެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެދުނު އއ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަތީ އއ. އުކުޅަހަށެވެ. އެ ރަށުގައި އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުމަށް ފަހު މެންދުރުގެ ވަގުތެއްގައި އެ އަތޮޅު ތޮއްޑޫއަށް ވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން ރަސްދޫއަށް ވަޑައިގެން މިރޭ ރަސްދޫގައި ބާއްވާ އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ނަޝީދާއެކުގައި ވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ ނަޝީދުގެ ދަތުރުފުޅުގައި ރަށްރަށައް ޒިޔާރަތް ކުރަން ހަމަޖެހިފައިވަނީ އެމްޑީޕީގެ ވައުދުގެ ދަތުރުގައި ބައިވެރިވާ، ބައިވެރިންނާއެކު ވައުދުގެ ދަތުރުގައި ހިމެނޭ ދޯނިފަހަރުގައި ކަމަށެވެ.
މި ދަތުރުގައި ނަޝީދާއިއެކު ބައިވެރިވެ ވަޑައިގަންނަވަނީ އަލީ ވަހީދުގެ އިތުރުން ޗެއާ ޕާސަން މޫސާ މަނިކާއި ހާމިދު އަބްދުލްޢަފޫރާއި މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ މިނިސްޓާ ހަސަން އަފީފެވެ.
އިންޑިއާގެ ދެ މަސްވެރިއަކު މަރާލިކަމުގެ ތުހުމަތުގައި އިންޑިއާގައި ހައްޔަރު ކޮށްފައިތިބި އިޓަލީގެ ދެ ސިފައިން ވޯޓް ލުމަށް ޤައުމަށް ދިއުމާއި ގުޅިގެން ހިނގި އަރައިރުންތަކަށްފަހު އެ ދެމީހުން އެނބުރި އިންޑިއާއަށް ގޮސްފި އެވެ.
އެނބުރި ވެރިރަށް ދިއްލީއަށް ރ ގޮސްފައިވާ މި ދެމީހުން އިންޑިއާއަށް ފޮނުވަން އިޓަލީން އެއްބަސްވީ، މި ދެ މީހުންގެ މައްޗަށް ވެސް ކުރެވޭ ދައުވާ އާއި ގުޅިގެން މަރުގެ ހުކުމް ނުއިއްވާނެ ކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދިނުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން މި ދެ މީހުންނަށް އިންޑިއާގައި ފުރިހަމަ ހިމާޔަތާއެކު، ދިއްލީގައި ހުންނަ އިޓަލީ އެންބަސީގައި ދިރިއުޅުމުގެ ކަންތައްތައް ވެސް ހަމަޖެހިފައިވާއިރު، ސުޕްރީމް ކޯޓުން ދޭ ހުއްދައަކާއި އެއްގޮތަށް އިންޑިއާގެ އެތެރޭގައި ދަތުރު ކުރުމުގެ މިނިވަންކަން ދިނުމަށް ވެސް ދެ ސަރުކާރު ދެމެދުގައި ވަނީ އެއްބަސްވެފަ
އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ ލޮސް އެންޖެލެސް ޓައިމްސްގައި ބުނެފައިވަނީ، މި ދެ މީހުންގެ މައްޗަށް އިންޑިއާއިން ޖަލު ހުކުމެއް އިއްވައިފިނަމަ، އެ ހުކުމް އިޓަލީގެ ޖަލެއްގައި ތަންފީޒު ކުރުމުގެ އިހުތިޔާރު އެ ދެ މީހުންނަށް ދެވޭނެ ކަމަށެވެ.
މި މަހުގެ ކުރީކޮޅު އިޓަލީން މި ދެ މީހުން އިންޑިއާއަށް ފޮނުވުމާ ދެކޮޅު ހެދުމުގެ ސަބަބުން، އިންޑިއާގައި ހުންނަ އިޓަލީގެ އެމްބެސެޑަރު ޑެނިއެލް މަންޗިނީ އިންޑިއާއިން ފުރުން އެ ގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފައިވާއިރު، އާންމުކޮށް މަޑުމައިތިރި ސިޔާސަތުތަކެއް ގެންގުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް މި މައްސަލައިގައި އިޓަލީއަށް ހަރުކަށި އިންޒާރެއް ދެއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ