ދިވެހިރާއްޖޭގައި ހުންނަ އިންޑިއަށް ހައިކޮމިޝަނުގައި ހުންނެވުމަށްފަހު ނިކުމެވަޑައިގެންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިންޑިޔާގެ އެންޑީޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންޑިއަން ހައިކޮމިޝަނުން ނިކުމެވަޑައިގަތީ ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރާއި ބައެއް ކަންކަމުގައި ޔަޤީންކަން ދެއްވުމުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރި ދެފުށްފެންނަ އިންތިހާބަކަށް ހެދުމަށާއި، ކެމްޕޭން ކުރުމުގެ ހައްޤު ރައީސް ނަޝީދަށް ލިބިދޭނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އިންޑިޔާއަށް ދީފައިވާ ކަމަށެވެ.
ނަމަވެސް އެއީ ވަރަށް ފަސޭހައިން ނިމުމަކަށް ގެނެވިދާނެ އެއްބަސްވުމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑަކަށް ދަތުރުކުރުމުގެ ފުރުސަތެއް ނެތް. އަޅުގަނޑު އެބައޮތް އަބޫދާބީގައި ބާއްވާ ސަގާފީ ހަރަކާތެއްގައި ބައިވެރިވުމަށް ކުރަންޖެހޭ ދަތުރެއް. އަދި އަޅުގަނޑުމެން އެބައޮތް ޕާޓީ ކެމްޕޭންގައި ހަރަށަކަށް ޒިޔާރަތް ކުރުންވެސް. އެކަމަކު އަޅުގަނޑަކަށް މިހާރު ދަތުރުކުރެވޭކަށް ނެތް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިންޑިޔާ ހައިކޮމިޝަނަށް ވަޑައިގަތީ އެމަނިކުފާނު ވަޑައިގަންނަވާނެ އިތުރު ތަނެއް ނެތުމުން ކަމަށާ، ހައިކޮމިޝަނަށް ވަޑައިގަތީ ފުލުހުން އެމަނިކުފާނު ހައްޔަރުކުރައްވާނެތީ ކަމަށެވެ. އޭރު ވަޑައިގަންނަވާނޭ އެހެން ތަނެއް ނެތް ކަމަށާއި ހައި ކޮމިޝަނަށް ވަޑައިނުގެންފި ނަމަ އެ މަނިކުފާނު ހުންނާނީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ.
"އެބަ އިގެންޖެހޭ މިތަނުގައި މިހާރުގެ ސަރުކާރު ގާއިމުކުރީ ހަމަނުޖެހުން ބޮޑު ބަޣާވަތަކަށްފަހުގައި ކަން. މިއީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ނޫން. އަޅުގަނޑު މިހުރީ ނިމުމެއް ނެތް ކަންތައްގަނޑެއްގައި. ސަރުކާރުން ބޭނުންވަނީ ބާރުވެރިކަން. ސަރުކާރުން ބޭނުންވަނީ އަޅުގަނޑުގެ ކިބައިން ސަލާމަތްވާން. އަދި ސަރުކާރުން ބޭނުންވަނީ އެކަން ވަރަށް އަވަހަށް ކުރަން. އަޅުގަނޑު އެތަނަށް ދިޔައީ އެވަގުތު ދާނެ އިތުރު ތަނެއް ނެތީމަ" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވިދާޅުވީ އިންޑިޔާ ހައިކޮމިޝަނުން އެމަނިކުފާނާއި މެދު އަމަލުކުރީ ވަރަށް ރަގަޅަށް ކަމަށާ، ބޭނުން ދުވަހު އެތަނުގައި ހުންނެވުމުގެ ފުރުސަތު އޮތް ކަމަށެވެ.
ހައިކޮމިޝަނުން ނުކުތީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޔަޤީންކަން ލިބުމުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ