ވަގަށް ނެގި ޑޮލަރުތަކެއް އަލައޮޅެއްގެ ތެރެއިން ހޯދައިފި

ފުވައްމުލަކުން ވަގަށް ނެގި ޑޮލަރުތަކެއް އަލައޮޅެއްގެ ތެރެއިން ފުލުހުން އިއްޔެ ހޯދައިފި އެވެ. ފުލުސް އޮފީހުން ބުނީ އިއްޔެ ހެނދުނު ފުވައްމުލަކު ދިލްކުސާގެއިން ވަގަށް ނެގި 1500 ޑޮލަރު ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ގިނަ ފައިސާ ފެނުނީ މި މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު މިސްކިތްމަގު ރަމްޒީގޭ އަބްދުﷲ މަސްއޫދު، ،30 ގެ އަލައޮޅުން ކަމަށެވެ. އަދި އޭނާ ޗެކްކުރި އިރު އޭނާގެ އަތުން ވެސް 200 ޑޮލަރު ފެނިފައިވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ. މި މައްސަލާގައި ވަގަށް ނެގި ޑޮލަރުތައް ފުލުހުން ހޯދާފައި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގައި މަސްއޫދުގެ އިތުރުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އެ ރަށު މާލެގަން، ދަނބުގަސްދޮށުގޭ އިބްރާހިމް މުހައްމަދު ދީދީ، ،29 އާއި ދޫޑިގަން، އާސީ، މުހައްމަދު އަޒްމީ، ،27 އެވެ. ފުލުސް އޮފީހުން ބުނިގޮތުގައި އެ ތިން މީހުން ވެސް ވަނީ ވައްކަން ކުރި ކަމަށް އިއުތިރާފްވެފަ އެވެ. ވައްކަން ކުރި މީހުން އަތުލައި، ފައިސާތައް ހޯދީ މައްސަލަ ހުށަހެޅިތާ ފަސް ގަޑިއިރު ވެސް ނުވަނީސް ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ