ޕާކިސްތާނުގައި ބަހެއް ފުރޮޅާލައި 20 މީހުން މަރުވެއްޖެ

ޕާކިސްތާނަކީ ބަސް ފުރޮޅައިލުމުގެ އެކްސިޑެންޓްތައް ގިނަ ގައުމެކެވެ. ގިނަ އެކްސިޑެންޓްތައް ހިނގާފައިހުރީ ބާ ވެހިކަލްތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން މީހުން އަރުވައިގެނެވެ.
ޕާކިސްތާނުގައި އިއްޔެ ބަހެއް ފުރޮޅައިލައި އެކްސިޑެންޓެއް ވުމުގެ ސަބަބުން 20 މީހުން މަރުވެއްޖެ އެވެ.
ފަރުބަދަމަތީ ސަރަހައްދަކުން ދަތުރު ކުރަމުން ދިޔަ ބަހުގެ ކޮންޓްރޯލް ގެއްލި ފުރޮޅައިލުމުގެ އެކްސިޑެންޓް ހިނގާފައި ވަނީ ޕަންޖާބުން އެ ގައުމުގެ ދިއަމަރުއަށް ދިއުމުގެ ދަތުރުމަތީގަ އެވެ. މި އެކްސިޑެންޓްގައި 20 މީހުން މަރުވެ އެ އަދަދަށް މީހުން ޒަހަމްވެފައި ވެއެވެ.ސަރުކާރުގެ ތަރުޖަމާނު ފާއިޒުﷲ ފިރާގު ވިދާޅުވީ ފުރޮޅައިލި ބަސް, މަގުން ކައްސާލައި ވަރަށް ތިރިއަށް ވެއްޓިފައިވާ ކަމަށާއި ފަސިންޖަރުން ސަލާމަތް ކުރުމަށް އޮޕަރޭޝަނެއް ފެށި ކަމަށެވެ. އަދި ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށެވެ. ޕާކިސްތާނަކީ ބަސް ފުރޮޅައިލުމުގެ އެކްސިޑެންޓްތައް ގިނަ ގައުމެކެވެ. ގިނަ އެކްސިޑެންޓްތައް ހިނގާފައިހުރީ ބާ ވެހިކަލްތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން މީހުން އަރުވައިގެނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ