އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ހ.އީކޯސްޓު އަލީ ޝާން(ސަޓޯ)ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް 15 ދުވަހަށް އިތުރުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އަލީ ޝާން ހައްޔަރުކޮށްފައިވަނީ އަފްރާޝީމު އަވަހާރަކޮށްލިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. އަފްރާޝީމުގެ މަރާއި ގުޅިގެން ފުލުހުންގެ ހައްޔަރުގައި މިހާރު ތިބީ ހަތަރު މީހެކެވެ. އެއީ އަލީ ޝާނާއި ހުސައިން ހުމާމު އަދި 18 އަހަރުން ދަށުގެ ދެކުއްޖެކެވެ. ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެރެއިން އެއްކުއްޖަކީ ގދ.ގައްދުއަށް ނިސްބަތްވާ ކުއްޖެކެވެ.އަދި އަނެއް ކުއްޖާއަކީ އައްޑޫ ސިޓީގެ މަރަދުއަށް ނިސްބަތްވާ ކުއްޖެކެވެ.
އެމައްސަލައާއި ގުޅިގެން ފުލުހުންވަނީ އެމްޑީޕީގެ ޗެއާރޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބުދުﷲ ޖާވިދާއި ސިފައިން ކޯޕްރަލްއަކު ވެސް ހައްޔަރުކޮށްފައެވެ. އެދެމީހން ވެސް ބަންދުން ދޫކޮށްލާފައިވަނީ ތިން ފަހަރެއްގެ މަތިން 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހުއެވެ.
އަލީ ޝާންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ