އަދުލު އިންސާފުގެ ދާއިރާގެ ބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރެވޭތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ: ޝަހީމް

10:00އަދުލު އިންސާފުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރެވޭތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް މިހާރު ކަށަވަރުކޮށްދޭން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.ވިޔަފާރި އުސޫލުން ސަންއެފްއެމުން ވަގުތު ގަނެގެން ސަރުކާރުން އިއްޔެ ފޮނުވި އަމާން ބަނދަރަކަށް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ޝަރުއީ ކޯޓުތަކާ މެދު މިހާރު އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް ކޯޓުތަކުން ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ. އެގޮތުން އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ކުރަމުންދިޔަ އޮޕަރޭޝަނެއް އެ ކަމަށް ބޭނުންވާ ކޯޓު އަމުރެއް ނުލިބިގެން ފެއިލްވެއްޖެ ކަމަށް ފުލުހުން ބުނެފައިވާ މައްސަލައަށް ރިއާޔަތްކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ އެ ޝަކުވާތަކަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ ޝަކުވާތަކާއި ސުވާލުތަކަށް، ކޯތުތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ޒިންމާދާރު ޖަވާބެއް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.އެހެން ނަމަވެސް އަދުލުގެ ނިޒާމް އަދިވެސް އޮތީ އެއްވެސް ވާހަކައެއް ނުދައްކާ ސުކޫތެއްގައި ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ރައްޔިތުން މަގުތަކަށް ނުކުމެ ކޯޓުތައް ހުޅުވާ، މަސައްކަތްތައް ކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ