އަބްދުﷲ ޣާޒީ އާއިމެދު ފިޔަވަޅު އަޅަން އެންގީ ޤައުމީ ސަލާމަތަށް ނުރައްކާކަމަށް ފުލުހުން ބުނުމުން: އަފީފް

އަހުމަދު އިބްރާހިމް
ކްރިމިނަލް ކޯޓްގެ އިސް ޣާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަބްދުﷲ ޣާޒީއަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ފުލުހުންގެ އެންގުމުން އަބްދުﷲ ޣާޒީއާ މެދު ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީއަށް އެންގުމުންކަމަށް ކުރީގެ ދާހިލީ ވަޒީރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޣާޒީގެ މައްސަލާގައި މިއަދު ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރުވެވަޑައި ގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ކޮމިޝަނުން ވަރަށް ދިގުކޮށް ސުވާލުކުރިކަމަށާއި ނަމަވެސް އަބްދުﷲ ޣާޒީއާ މެދު ފިޔަވަޅު އަޅައިދިނުމަށް ޑިފެންސް މިނިސްޓްރީއަށް އެންގީ އަބްދުﷲ ޣާޒީގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ފުލުހުން އެންގުމުންކަމަށް ކޮމިޝަންގައި މިއަދު ވިދާޅުވިކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އަފީފް ނުދެއްވައެވެ.
މިމައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މީގެކުރިންވަނީ އެކޮމިޝަށް ހާޒިރުކުރައްވާފައެވެ. އެދުވަހު ނަޝީދު ވިދާޅުވީ އަބްދުﷲ ޣާޒީ ހައްޔަރުކުރުމަކީ ޑިފެންސް މިނިސްޓްރީގެ ނިންމުމެއްކަމަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނު މިދިޔަ ހަފްތާގައި ކޮމިޝަންށް ހާޒިރު ކުރެއްވުމުން ވިދާޅުވެފައިވަނީ އެމައްސަލަޔަކީޤައުމީ ސަލާމަތަށް ނުރައްކާވާ މައްސަލަޔަކަށްވުމުން ކޮމިޝަނަށް ތަފްސީލް ދެވެންނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ