ރޮނާލްޑޯ އާއި މެސީ ފަހަތަށް ޖައްސާލައި ފެޑެެރާ އެއް ވަނަ އަށް

ލަންޑަން (މެއި 30) - ފުޓްބޯޅަ ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ، ފޯބްސް މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ކުޅިވަރު ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިއީ ފޯބްސް އިން އަހަރަކު އެއް ފަހަރު (ފާއިތުވި 12 މަސް ދުވަހަށް ބެލުމަށް ފަހު) އާންމުކުރާ މި ލިސްޓުގެ އެއް ވަނަ އަށް ފެޑެރާ އެރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު މެސީ އެއް ވަނައިގައި އޮތްއިރު ފެޑެރާ އޮތީ ފަސް ވަނައިގަ އެވެ. ފެޑެރާ އެއް ވަނަ އަށް މި އެރީ ފާއިތުވި އަހަރެއްހާ ދުވަހު 106.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ.
މީގެ ކުރިން ފެޑެރާ އަށް މި ލިސްޓުގެ އެންމެ ކުރިއަށް އެރުނީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ އޮތީ ދެ ވަނައިގަ އެވެ. ފެޑެރާ އަށް ހަނި ތަފާތަކުން މި ފަހަރު ލިސްޓުގެ އެއް ވަނަ ލިބުނުއިރު، އޭނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އިސްތިހާރުތަކާއި މުބާރާތްތަކުގައި ބައިވެރިވުމުން ލިބޭ ފީތަކުންނެވެ. އިނާމް ފައިސާގެ ގޮތުގައި އޭނާ އަށް ލިބުނީ 6.3 މިލިއަން ޑޮލަރެވެ.
ފޯބްސްގެ ސީނިއާ އެޑިޓަރު ކާޓް ބަޑެންހޯސަން ބުނީ ފެޑެރާ އަށް ކުޑަ ތަފާތަކުން ލިސްޓުގެ ކުރި ލިބުނީ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ކުޅުންތެރިންގެ އާމްދަނީ އަށް އައި ބޮޑު ވެއްޓުމުގެ ސަބަބުން ކަމަށެވެ.
"ޓެނިސް ކުޅުންތެރިޔަކަށް ފުރަތަމަ ފަހަރަށް މި ފުރުސަތު މި ލިބުނީ ހަގީގަތުގައި ފުޓްބޯޅައިގެ މާކެޓަށް ކުރި އަސަރު ބޮޑުވުމުން. މެސީ އާއި ރޮނާލްޑޯ ފަދަ ކުޅުންތެރިންނަށް ކޮންމެ މެޗަކުން ވެސް ގެއްލޭނެ ބޮޑު އަދަދެއް،" ބަޑެންހޯސަން ބުންޏެވެ.
Emme bodu aamdhanee eh Japan ge Osaka ah
Mihaaru
އެމެރިކާގެ މަޝްހޫރު މަޖައްލާ ފޯބްސް އިން މި ހިސާބުތައް ޖަހާފައިވަނީ މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން ލިބޭ ޖުމްލަ އާމްދަނީ އަށް ބަލައިގެންނެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން ފަހަރު ލިސްޓުގެ ކުރީގައި އޮތީ މެސީ ނުވަތަ ރޮނާލްޑޯ އެވެ. މެސީ މި ފަހަރު ތިން ވަނައިގައި ލައްވާލިއިރު، އެންމެ ބޮޑު އާމްދަނީއެއް ހޯދި ފުޓްބޯޅަ ކުޅުންތެރިޔަކީ ޔުވެންޓަސްގެ ތަރި ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ 105 މިލިއަން ޑޮލަރު ހޯދައިފަ އެވެ. ލިސްޓުގެ ތިނެއްގައި އޮތް މެސީ އަށް ވަނީ 104 މިލިއަން ޑޮލަރު ލިބިފަ އެވެ.
ރޮނާލްޑޯގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ މުސާރަ އެވެ. އެގޮތުން 60 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ލިބިފައިވާއިރު، 45 އަކީ އިސްތިހާރު ޑީލްތަކުން ލިބުނު ފައިސާ އެވެ. މެސީގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު މުސާރައިގެ އާމްދަނީ އުޅެނީ 72 މިލިއަން ޑޮލަރުގަ އެވެ. އިސްތިހާރުން ލިބިފައިވަނީ 32 މިލިއަން ޑޮލަރެވެ.
ލިސްޓުގެ ހަތަރެއްގައި އޮތީ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އެވެ. އޭނާ އަށް ވަނީ 95 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް ބާސްކެޓްބޯޅަ ތަރި ލެބްރަން ޖޭމްސް އަށް ލިބުނީ 88.2 މިލިއަން ޑޮލަރެވެ.
މަދުވެގެން 25 މިލިއަން ޑޮލަރު ލިބިގެން ވަދެވޭ ގަދަ 100 ކުޅުންތެރިންގެ ކްލަބުގެ އަންހެން ކެޓަގަރީގެ އެއް ވަނައިގައި އޮތީ ޓެނިސް ތަރި ޖަޕާނުގެ ނައޯމީ އޮސާކާ އެވެ. އުމުރުން 22 އަހަރުގެ އޮސާކާ ވަނީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި 37.4 މިލިއަން ޑޮލަރު ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ