ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކަށް އެކިއެކި ތުހުމަތުތައްކޮށް، ފުލުހަށް ހާޒިރުކޮށް، ބަންދު ކުރުމަކީ އިސްލާހީ މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތްތައް ހުއްޓުވުމަށް މި ސަރުކާރުން ކުރަމުން ގެންދާ ސިޔާސީ ކަމެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިނިވަންކުރުމަށް ގޮވާލާ ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރެފައިވާ ނޫސްބަތާނެއްގައެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކާއި މެދު ހިތްހަމަ ނުޖެހި އެކަމާ ފާޑު ވިދާޅުވާން ފެށުމުން އާޒިމް ވަނީ މިސަރުކާރުން ވަކި ކުރައްވާފައިކަމަށާ އަދި ރާއްޖޭގައި ސިޔާސީ ފަރާތްތައް ގުޅިގެން ކުރަމުން ގެންދާ އިސްލާހީ އެކިއެކި މަސައްކަތްތަކުގައި އާދަމް އާޒިމް ގެންދަވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުން ކަމަށެވެ.
ޚާއްސަ ގޮތެއްގައި، އެ މަނިކުފާނުގެ ބޭބެ ކާނަލް ނާޒިމްގެ މައްޗަށް ޓްރެރިޒަމް ގާނޫނުގެ ދަށުން ދައުވާކޮށް، 11 އަހަރަށް ހުކުމް ކޮށްފައިވަނީ އިންސާފުން ނޫންކަމަށް ގަބޫލުކުރައްވައި، ބޭބެއަށް އިންސާފު ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އާދަމް އާޒިމްގެ ގެންދަވަނީ ކުރައްވަމުންކަމަށެވެ.
އެ މަނިކުފާނު މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން، ކުއްލި ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ހައްޔަރު ކޮށްފައިކަމަށާ އާޒިމް ގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ހަގީގަތާ ޚިލާފު ތުހުމަތްތަކެއް ކަމަށް ގަބޫލުކުރެވޭކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
ގާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލާކަށް ނޫޅެން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ