މެންބަރުންގެ މާލީ ބަޔާން: އަނބިން ނުވަތަ ފިރިން އަދި 18އަހަރުގެ ނުވާ ދަރިންގެ މައުލޫމާތު ހާމަނުކުރަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނުގައި 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިން ނުހިމެނޭ ގޮތަށް މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރުމަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ފާސްކޮށްފިއެވެ.
އެގޮތަށް މަޖިލީހުގެ ގަވާއިދު ފާސްކުރަން ހުށަހަޅާފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 68ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، [އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން] ހިމެނޭހެން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
ކޮމެޓީން އެ މާއްދާ އަށް ގެނެސްފައިވާ އިސްލާހަކީ މަޖިލީހުގެ ވެބްސަައިޓުގައި މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރާއިރު 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ ބައި ނުހިމެނުމަށެވެ. މިހާރު ގަވާއިދުގައި ބުނެފައިވަނީ 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ ބައިވެސް ހިމަނައިގެން މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރަންވާނެ ކަމަށެވެ.
މިކަން ދިރާސާ ކުރިއިރު ކޮމެޓީން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރު ޖެނެރަލްގެ އޮފީސް އަދި ޓްރާންސް ޕޭރަންސީ މޯލްޑިވްސް ލަފާ ވެސް ހޯދާފައެވެ. އެގޮތުން އޭސީސީން ވަނީ މާލީ ބަޔާން އާއްމު ކުރުމަށް ބާރު އަޅާފައެވެ. ނަމަވެސް 18 އަހަރު ނުފުރޭ ދަރިންގެ މައުލޫމާތު ހާމަކުރުމަކީ އަށް ހުށަހަޅާ އެ އިދާރާތަކުން މިކަމުގައި ދެކޭގޮތުން ހޯދާފައިވާ ކަަމަށެވެ. އެކަމުގެ ސަބަބުން ފައިދާ އަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލް ބޮޑު ކަމެއްކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާ ޓްރާންސްޕޭރަންސީން ބުނެފައިވަނީ ބައެއް މައުލޫމާތުތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާ އުނިކުރެވިދާނެ ކަމަށެވެ. އޮޑިޓާ ޖެނެރަލް ވަނީ މެންބަރުންގެ މާލީ ބަޔާންތަކުގެ ސައްހަކަމާއި މެދު އޮޑިޓަރު ޖެނެރަލްގެ ރައުޔު ހޯދުމަށް ފޮނުވާ އެބަޔާންތައް އޮޑިޓަރު ޖެނެރަލް އޮފީހުން ޗެކްކުރާ ގޮތަށް ބޭއްވުން މުހިންމު ކަމަށް ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ