ދިގުރަށުގެ އާ އިންޖީނުގެ ހުޅުވާ ހިދުމަތް ދޭން ފަށައިފި

އދ. ދިގުރަށުގައި ހަދާފައިވާ އާ އިންޖީނުގެ ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.
ދިގުރަށުގައި މީގެ 30 އަހަރު ކުރިން ފެށިގެން ކަރަންޓުގެ ހިދުމަތް ދެމުން ގެންދިޔައީ ރައްޔިތުން އިމާރާތްކޮށްފައިވާ އިންޖީނުގެއަކުންނެވެ. ނަމަވެސް ދިގުރަށުގައި އަލަށް ހިދުމަތް ދޭން ފެށި އިންޖީނުގެއަކީ އެރަށަށް ކަރަންޓްގެ ހިދުމަތް ދެމުންގެންދާ ސްޓެލްކޯ އިން ހަދާފައިވާ ތަނެކެވެ.
ދިގުރަށުގައި ކުރިން އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ކަމަށްވީ ނަމަވެސް އަލަށް އިންޖީނުގެ ހަދާފައިވަނީ ވެސް މީހުން އުޅޭ ހިސާބާ ދުރު ސަރަހައްދެއްގަ އެވެ.
ސްޓެލްކޯ އިން ބުނީ ދިގުރަށުގައި މިހާރު ހިދުމަތް ދެމުން ގެންދާ އިންޖީނުގެއަކީ ޒަމާނީ ހުރިހާ ފަސޭހަތަކެއް ލިބޭ ގޮތަށް ހަދާފައިވާ އިމާރާތެއް ކަމަށެވެ. އެގޮތުން ކަރަންޓްގެ އާ ވިއުގައެއް ގާއިމުކުރެވި މީގެކުރިން ދިމާވަމުން ދިޔަ ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލައާއި، ވޯލްޓޭޖް ދަށްވަމުން ދިއުމުގެ މައްސަލަ އަށްވެސް އާ އިންޖީނުގެއާ އެކު ހައްލު ލިބިފައިވާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ސްޓެލްކޯ އިން ދިގުރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރަނީ 360 ކިލޯ އާއި 300 ކިލޯ އާއި 200 ކިލޯ އަދި 170 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ.
ދިގުރަށުގައި ހަދާފައިވާ އާ އިންޖީނުގެ ހުޅުވާ ހިދުމަތް ދޭން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ދިގުރަށު ކައުންސިލް އިދާރާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ