ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ބާޢީއަކަށް ހެދުމަށް މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީންކަމަށާ ނަމަވެސް އެކަން އެހެން ނުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މުހައްމަދު އަމީތު މިހެން ވިދާޅުވީ ރައީސް ނަޝީދު ބާޢީއަކަށް ހެދުމުގައި ރައީސް ނަޝީދު ކާމިޔާބު ހޯއްދަވާފައިވާކަމަށާ، ރައީސް ނަޝީދު ރައީސް މައުމޫން "މަގުފުރައްދާފައި"ވާކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އަމީތު ވިދާޅުވީ ރައީސް ޔާމީން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ރައީސް މައުމޫން ބާޢީއަކަށް ހެދޭތޯކަމަށެވެ. ނަމަވެސް ރައީސް މައުމޫން ބާޢީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުނުވާނެކަމަށް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ރައީސް މައުމޫނަކީ މިގައުމުގައި ޝަރަފުވެރިއެއްކަމަށާ އެއީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން ރައީސް މައުމޫނަށް މިގައުމުގައި އޮތް އިހުތިރާމާއި ގަދަރު އަދި ޝަރަފުވެރިކަން ގެއްލުވާނުލެވޭނެކަމަށް އަމީތު ވިދާޅުވިއެވެ.
ރައީސް މައުމޫން ބާޢީއަކަށް ނުހެދޭނެ، އެއީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ: އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ