މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ.އަތޮޅުން ވ.އަތޮޅަށް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ.އަތޮޅުން ވ.އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ކ. އަތޮޅުން ވ.އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހެނދުނު 11:20 އިން ފެށިގެން ހަވީރު 4:00 އަށް އެސަރަޙައްދަށް ވަނީ ވައިޓް ނެރެފައެވެ.
ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެ، ބައެއް ސަރަޙައްދުތަކަށް ވިއްސާރަކުރަމުންދާއިރު، ބައެއް ރަށްރަށަށް އުދަވެސް އަރާފައެވެ. އަދި އުދަ އެރުމުގެ ސަބަބުން ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ