އޮމަދޫ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އދ. އޮމަދޫ އިން މާލެ ގެނައި ބަލި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެމީހާ މާލެ ގެނެސްފައިވަނީ މަހިބަދޫ އިންނެވެ. އުމުރުން 64 އަހަރުގެ އެ މީހާ މަހިބަދޫ އަށް ގެންދިޔައީ ނޭވާ ހިއްލާތީ ރޭ 7:30 އެހާއިރުއެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ ރޭ 11:30 ހާއިރުއެވެ.
އެމީހާ މާލެ ގެނެސް އައިޖީއެމްއެޗުގައި ހެދި ޓެސްޓުން ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން މަހިބަދޫ ހޮސްޕިޓަލުން އޭނާއާ އެކި ގޮތް ގޮތުން ދިމާވި އެ ހޮސްޕިޓަލުގެ 9 މުވައްޒަފަކު ވަނީ އެކަހެރިކޮށްފައެވެ.
މީގެއިތުރުން އެމީހާ ގެންދިޔަ ލޯންޗުގެ ފަޅުވެރިންވެސް އެކަހެރި ކޮށްފައިވާއިރު އޮމަދޫ އިން ވެސް ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެމީހާ އަށް ބަލި ޖެހުނު ގޮތެއް އަދި ނޭނގެއެވެ.
އޮމަދޫ އިން މާލެ ގެންދިޔަ ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިއަދު ފުވައްމުލަކު ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ