އެންމެ ފަހުން ޔާމީނުގެ "ހިމާޔަތު"ގައި ގާސިމް!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ކަރޮޕްޝަންތަކެއް ބަލަމުން ދަނިކޮށް، ރައީސް ޔާމީނަށް އަނިޔާއެއް ވުމަށް ނޭދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ. އޭގެ އިތުރަށް ރައީސް ޔާމީނަށްވެސް ގާނޫނީ ހަމަތަކުގެ މަތިން ލިބެންޖެހޭ ހައްގުތައް ލިބިދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ޕާޓީއެއް ރަޖިސްޓްރީކުރަން ހުށަހެޅީމާ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން ހިފަހައްޓައި [ހެދުމަކީ] އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. ގާނޫނުގެތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ހައްގުތައް ދޭން ޖެހޭނެ. ވަކި މީހެއްގެ ގައުމެއް ނޫން މި ގައުމަކީ،" ވަރަށް ޖޯޝާއި ފޯރީގައި ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ނަމުގައި ޕާޓީއެއް އުފެދުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެޕާޓީ އުފެއްދުމަށް 4000 މީހުންގެ ފޯމް މިހާރު ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ. އަދި އިލެކްޝަނުން އެ ފޯމްތައް ބަދަލުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާއެއް ވުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި، ޔާމީން ކުށެއް ކުރައްވާފައިވާ ނަމަ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ